އާމަނަކަ ތެޔޮ: ބޮލުން އިސްތަށި ފޭބުމަށް ހައްލެއް

ބޮލުން އިސްތަށި ފޭބުމުގެ މައްސަލައަކީ ގިނަ މީހުންނަށް ދިމާވާ މައްސަލަ އެވެ. އަދި ބޮލުން އިސްތަށި ފޭބުމުން ސަލާމަތްވުމަށް ތަފާތު އެކި ބާވަތުގެ އެއްޗިހި އިސްތަށިގަނޑުގައި އުނގުޅުމަކީ ގިނަ މީހުން ކުރާ ކަމެކެވެ

ޝޭމްޕޫ ހެއާ ކޮންޑިޝަނާ އަދި ތަފާތު ބާވަތްތަކުގެ ކްރީމް އަކީ މީހުން އިސްތަށިގަނޑު ވަރުގަދަކުރުމަށް ބޭނުން ކުރާ ތަކެއްޗެވެ. ނަމަވެސް އޭގައި އެއްވެސް ކަހަލަ ޔަގީން ކަމެއް ނޯވެ އެވެ. ބޭނުން ކުރުމަށް ފަހު ރަނގަޅު ނުވާނަމަ އަނެއްކާ ވެސް އެހެން ބްރޭންޑަކަށް ބަދަލުކޮށްލަ އެވެ

ބޮލުން އިސްތަށި ފޭބުމަށް ދާއިމީ ހައްލެއް ބޭނުން ހެއްޔެވެ؟ އާމަނަކަ ތެޔޮ ބޭނުން ކުރާށެވެ. އާމަނަކަ ތެލަކީ އާމަނަކަ ގަހުގެ އޮށް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރު ކުރާ ތެލެކެވެ

ވިޓަމިން އީ އާއި ޕްރޮޓީންސް އަދި މިނަރަލްސް ހިމެނޭ އެތެލުން އިސްތަށިގަނޑު ވަރުގަދަވުމާއި، ބޮލުން ހަންފޮޅުން ހައްލުވުމުގެ އިތުރަށް އިސްތަށިގަނޑު ދިގުވުމަށް ވެސް އެހީވެދެ އެވެ.

އާމަނަކަތެލުން ލިބޭ ފައިދާތައް

އިސްތަށި ފޭބުމުން ސަލާމަތްވުން

އިސްތަށިގަނޑު އަވަހަށް ދިގުވުން

ހަންފޮޅުމުގެ މައްސަލަތަކަށް ހައްލެއް

ބޮލުގައި އިސްތަށި ގިނަވުން

އުކުނު އެޅުމުން ސަލާމަތްވުން

އާމަނަކަ ތެޔޮ އިސްތަށިގަނޑުގައި ބޭނުން ކުރާނެ ގޮތް

އިނގިލިން ނުވަތަ ބުރުހެއް ބޭނުންކޮށްގެން އިސްތަށިގަނޑުގައި އާމަނަކަ ތޮޔޮ އުނގުޅާށެވެ. އުނގުޅާއިރު ބޮލުގައި މަސާޖު ކުރާގޮތަށް ވަށްކޮށް މަޑުމަޑުން އުނގުޅުމަށް އިސްކަންދޭށެވެ

އިސްތަށިގަނޑުގެ ހުރިހާ ބައެއްގައި ތެޔޮ އުނގުޅުންކަން ޔަގީން ކުރާށެވެ

އެއަށް ފަހު ހޫނުފެނުން ކުޑަކޮށް ތެންމާލާފައިވާ ތުވާއްޔަކުން އިސްތަށިގަނޑު ފޮރުވާލާށެވެ. އެއަށް ފަހު ދެގަނޑި އިރު ނުވަތަ ރޭގަނޑު ނިދާ ހޭލަންދެން ވެސް ބެހެއްޓިދާނެ އެވެ

އެއަށް ފަހު އިސްތަށިގަނޑު ރަނގަޅަށް ދޮވެލާށެވެ. އިސްތަށިގަނޑު ދޮވުމަށް ފަހު ޝޭމްޕޫ ނުވަތަ ކޮނޑިޝަނަރ ބޭނުން ކުރުމަކީ މައްސަލަ އެއް ނޫނެވެ

އާމަނަކަ ތެޔޮ ބޭނުންކުރެވޭނީ ހަމައެކަނި އިސްތަށިގަނޑު ވަރުގަދަކުރުމަކަށް ވެސް ނޫނެވެ. ޒައިތޫނި ތެލާއި ކާށި ތެޔޮހާ އާމަނަކަ ތެޔޮ މަޝްހޫރު ނުވިޔަސް އެއީވެސް ސިއްހީ ގިނަ ފައިދާތަކެއް ލިބޭ ތެލެކެވެ. އެގޮތުން މޫނު ސާފުކުރުމަށާއި ސްޓްރެޗް މާކް ފިލުވުމަށް ފިލުވުމަށް ވެސް އާމަނަކަ ތެޔޮ ބޭނުންކުރެވިދާނެ އެވެ

Leave a Reply